އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ތިން ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.
މޯދީ ތިން ވަނަ ދައުރަކަށް ބޮޑު ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު، އިންތިޚާބުގައި މޯދީގެ ބީޖޭޕީއަށް ހޯދުނީ އަންދާޒާކުރެވުނު ވަރަށް ވުރެ ދަށް ނަތީޖާ އެކެވެ. އެހެންވެ މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ އިއްތިހާދެއްގެ ވެރިއެއްގެ ގޮތުގައެވެ.
މޯދީ އާއި މޯދީގެ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވި މި ރަސްމިއްޔާތުގައި އަވަށްޓެރި ޤައުމުތަކުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ ތެރޭގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އިތުރުން ބޫޓާނާއި ނޭޕާލުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފް ވެސް ބައިވެރިވެވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!