އއ. ތޮއްޑޫ ކައުންސިލް އިދާރާގެ ކައިރީ އެރަށުގެ ބަޔަކު ކުރަމުން ދިޔަ މުޒާހަރާއެއް ކޮންޓްރޯލް ކުރަން މަސައްކަތްކުރި ފުލުހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު އެހައިކަންހާއިރު ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާކޮށް އާންމު މަސްލަހަތު ނަގައިލުމަށް މަސައްކަތްކުރަމުން ދިއުމާ ގުޅިގެން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެސަރަހައްދުގައި މުޒާހަރާ ކުރަމުންދާ ބައެއް މީހުން ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގައު އުކަމުންދާތީ އާއި މަސްލަހަތު ނަގައިލުމަށް މަސައްކަތްކުރަމުންދާ ދާތީ އެގޮތަށް އެކަން ނުކުރުމަށް ތަކުރާރުކޮށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައި ކަމަށް ފުލުހުން ބުނެއެވެ.
''އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް އަނިޔާވެ، އެފުލުސް މީހާއަށް މިހާރު ދަނީ ފަރުވާދެމުން.'' ފުލުހުން ބުނެފަވެއެވެ.
މި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބާއި ގުޅޭގޮތުން އަދި ފުލުހުން ވާހަކައެއް ނުދައްކައެވެ.
ތޮއްޑޫގައި މިވަގު ހުރި އެރަށު މީހަކު އެރަށު ކައުންސިލް ދޮށަށް ބަޔަކު އެއްވުން ސިފަކުރީ އެއީ ''ސިޔާސީ ކަމެއްގެ'' ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!