ރ. އުނގޫފާރުގައި ފެން ކޯރެއްގައި ކުޅެން ތިބި ދެ ކުދިން ކަރަންޓުގައި ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އުނގޫފާރުގެ ކުޑަކުދިންގެ ޕާކުގެ ކައިރީގައި ހުރި މަގު ބައްތިއެއް ކައިރީ އޮތް ފެން ގަނޑެއްގައި ކުޅެންތިބި ދެ ކުދިން ކަރަންޓްގައި ޖެހިފައިވާ ކަމަށް މިއަދު 13:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ކަރަންޓްގައި ޖެހިފައި ވަނީ 18 އަހަރުގެ ފިރިހެން ކުއްޖަކާއި، 12 އަހަރުގެ އަންހެން ކުއްޖެކެވެ.
މި ދެ ކުދިންނަށް ވެސް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އެ ދެކުދިން ކަރަންޓްގައި ޖެހުނު މަންޒަރު ފެނުނު ކުއްޖަކު އަނބުރައިގަނެގެން އަންނަނީ ފަރުވާ ދެމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި މި ހާދިސާގައި އަނިޔާވި 18 އަހަރުގެ ފިރިހެން ކުއްޖަކާ ހާލު ސީރިއަސްވެގެން މިހާރު ވަނީ އައިސީޔޫ އަށް ބަދަލުކޮށްފައެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން އަންނަނީ ބަލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!