ހދ. ނޮޅިވަރަންފަރު ކައުންސިލުން ހދ.ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ޙާއްސަކޮށްގެން ހިންގޭ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް މިއަދުން ފެށިގެން ހދ. ނޮޅިވަރަންފަރު ކައުންސިލް އިދާރާއިން ލިބެން ހުންނާނެކަމަށް އެއިދާރާއިން ބުނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ޖަނަވަރީ 2020 ވާ އާއްދުތަ ދުވަހުގެ 14:00 ކުރިން ފޯމް އެ ކައުންސިލަށް ހުށައެޅުއްވުމަށް އެކައުންސިލުން ނެރެފައިވާ އިޢުލާނުގައި ދަންނަވާފައިވެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 6520045 ނަންބަރަށް ގުޅުއްވުމަށް އެދިފައިވެއެވެ.
މިކަސްރަތު ޕްރޮގްރާމަކީ އެކައުންސިލާއި ޔޫތު މިނިސްޓްރީ ގުޅިގެން ހިންގޭ ޕްރޮގުރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!