މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ކުރީގެ ޗީޕް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސަމާހް ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު އައްޔަންކުރައްވައިފިއެވެ.

މިފްކޯގެ އިސްވެރިޔާގެ މަގާމުން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ޝަމާހު ވަކިކުރީ އިއްޔެއެވެ.

Ad
rt

އޭނާ ވަނީ މިއަދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނުކޮށްފައެވެ.

ޝަމާހު މިފްކޯގެ ސީއީއޯ ކަމަށް ޢައްޔަނުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ.

މިފްކޯގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި ސަމާހް ހުރިއިރު، އޭނާ އާއި ގުޅޭގޮތުން ކޯޕަރޭޓް ގަވަނަސްއާއި ގުޅޭ މައްސަލަތަކެއް ޕީސީބީ އަށް ހުށަހެޅިފައިވާތީ އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްޓަކައިކަމަށް ބުނެ މިދިޔަ މާރިޗް 18 ވަނަ އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ވެސް ކުރިއެވެ. އެއަށްފަހު އޭނާގެ ސަސްޕެންޝަން އުވާލާފައި ވަނީ 23 އޭޕްރިލް 2024 ގައެވެ.

ސަމާހު ސަސްޕެންޑު ކުރި މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލަން ވެސް ނިންމިއެވެ.