އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެމަނިކުފާނު އަވަހާރަވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފިއެވެ.
އީރާންގެ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި އީރާންގެ ރައީސް އަދި އަރިހުގައި ދަތުރުކުރެއްވި ވަފުދު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަނީ ވެއްޓިފައެވެ.
މި ހެލިކޮޕްޓަރު ހޯދުމަށް ރެސްކިއު ޓީމުތަކުން ކުރި މަސައްކަތުން 15 ވަރަކަށް ގަޑިއިރު ފަހުން ޑްރޯންގެ އެހީގައި މި ހެލިކޮޕްޓަރު ވެއްޓިފައިވާތަން ދެނެގަނެވިފައިވާއިރު، އެ ހެލިކޮޕްޓަރު ފެނުނުއިރު ވަނީ އެއްކޮށް އަނދާފައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފަވެއެވެ.
ހެލިކޮޕްޓަރު ވެއްޓިފައިވާ ތަނުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ،
އެހެންކަމުން މި ހެލިކޮޕްޓަރުން ދަތުރުކުރެއްވި އެއްވެސް ބޭފުޅެއްގެ ފުރާނަ ރައްކަލުގައިވާކަމަށް ނުބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ރައީސީގެ އިތުރުން ހެލިކޮޕްޓަރުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާން އާއި އީސްޓް އަޒަރުބައިޖާން ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހުމަތީ އަދި ތަބްރީޒް ޕްރޮވިންސުގެ އިމާމް މުހައްމަދު އަލީ އަލް ހާޝިމް ހިމެނިވަޑައިގަންނަވައެވެ.
ހެލިކޮޕްޓަރު ވެއްޓިގައިވާތަނުގެ ފޮޓޯއް
މި ހެލިކޮޕްޓަރު ވެއްޓުނީ ބޯކޮށް ވާރޭ ވެހި، ދުންފިނި ބޯވެ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!