ޒިކާ ވައިރަސް ފެތުރެމުންނެއް ނުދާކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ.
ޒިކާ ފެތުރެމުން ނުދާކަމަށާއި، ޒިކާ ފެތުރޭކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫންކަމަށް އެ ވުޒާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ބުނެފައެވެ.
އީޑީސް މަދިރީގެ ސަބަބުން ފެތުރޭ މި ނުރައްކާތެރި ބަލީގެ އަލާމާތްތައް ޑެންގީގެ އަލާމާތްތަކާ އެއްގޮތެވެ. ހުން އައުމާއި، ގައިގައިި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހި ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގައި އަދި ބޮލުގައި ރިއްސުން ހިމެނެ އެވެ.
މާބަނޑު މީހަކަށް ޒިކާ ޖެހިއްޖެ ނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯސެފަލީ ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޯ ކުޑަވެ އައިބުވުމުގެ މައްސަލަ ކުރިމަތިވާކަން ވަނީ ކަށަވަރުވެފަ އެވެ.
ޒިކާ ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 1947 ވަނަ އަހަރު ޔޫގެންޑާ އިން ރާމާމަކުނުންނެވެ. މިއީ އާންމުކޮށް އިންސާނުންނަށް ޖެހޭ ބައްޔަކަށް އޭރު ނުވާތީ އެހާ ސީރިއަސް ކަމެއްގެ ގޮތުގައި ބެލެވިފައެއް ނުވެ އެވެ. ނަމަވެސް 2015 ވަނަ އަހަރު ބްރެޒިލުގައި ފެތުރެން ފެށި މި ބަލި އޭރު ވަނީ 70 ގައުމަކުން ފެނިފަ އެވެ. ނަމަވެސް ދިވެއްސަކަށް މި ބަލި ޖެހުމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!