ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅާއެއްގޮތަށް، ރަމަޟާން މަހު ބޭނުން ކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓުދޭން ސްޓެލްކޯއިން ނިންމައިފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް އެ ކުންފުނިިން މިހާރު ނިންމާފައިވާ ކަމަށެވެ.

Ad
rt

މިހާރު ފޮނުވާފައިވާ ބިލުތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ރަމަޟާންމަހުގެ ކަރަންޓު ބިލު ކެޕް ކުރުމަށް ސަރުކާރުން ނިންމިއެވެ. އެގޮތުން މާޗު މަހުގެ ބިލުތަކަށް ޑިސްކައުންޓް ދީފައުވާއިރު މި ނިމުނު އޭޕްރިލް މަހުގެ ކަރަންޓު ބިލުތައް ބޮޑުކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

ފަހުމީ ވިދާޅުވެފައިވާ ގޮތުގައި މިދިޔަ މަހުގެ ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާތީއެވެ.