ކ. މާފުށީގައި ގެނބުނު މީހަކު ފަރުވާދެނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މާފުށީ އެކްޓިވް ވޯޓާ ސްޕޯޓްސް އާއި ދިމާ ނެރުކައިރިން މީހަކު ގެނބިގެން އެ މައުލޫމާތު މިއަދު 10:25 ހާއިރު އެ އިދާރާއަށް ލިބުނު ކަމަށެވެ.

Ad
rt

އެމީހާ އަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުނެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 30 އަހަރުގެ ޗައިނާ އަށް ނިސްބަތްވާ ފަތުރުވެރިއެކެވެ.