ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއްޖެއްސި މައްސަލާގައި މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނިގޮތުގައި މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއްޖެއްސި މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލާގައި ހޯދަމުން ދަނީ ފިރިހެނެކެވެ.
''އެ މީހާ ދެނެގަތުމުގެ މަސައްކަތް ވެސް ފުލުހުންދަނީ ކުރަމުން.'' ފުލުހުން ބުންޏެވެ.
އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅައި އެކަން ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
''މުޖުތަމައުގައި ހިމެނޭ ބައެއް ފަރުދުންގެ އަމަލުތަކުގެ ސަބަބުން އުފެދޭ ބިރުވެރިކަމާއި، ހާސްކަމާއި، ނުތަނަވަސްކަމުން މުޖުތަމައުގެ އެހެން ފަރުދުންނާއި މުޅި މުޖުތަމައު ސަލާމަތްކޮށްދިނުމުގެ ގޮތުން، ވަކި ބާވަތެއްގެ އަމަލުތަކަކީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތަކެއްކަމުގައި'' އާންމު އިޖުތިމާއި މިންގަނޑާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގަނޫނުގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!