ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކަނބަލުންގެ ތިންވަނަ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ހީވެސްނުވޭ ހޯދައިފިއެވެ.
އަންގާަރަ ދުވަހުގެ ހަވީރު ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހީވެސްނުވޭއާއި ފަތޯ އެކަޑަމީއެވެ. މި މެޗު 16 ލަނޑު 13 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމް ހީވެސްނުވޭއިންނެވެ.
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން
- ފާތިމަތު ޖުނާ / ޓީމް ހީވެސްނުވޭ
- ފިރުޝާނާ ނަސީރު / ޓީމް ހީވެސްނުވޭ
- އާމިނަތު ރިޝްތާ / ނާޑް ސްޕޯޓްސް ކުލަބު
- ޝިޒުނާ ރަޝީދު / ފަތޯ އެކަޑަމީ
- ޒުހާ ހުސައިން / ފަތޯ އެކަޑަމީ
- އާމިނަތު ނިޝްވާ / ޓީމް ހީވެސްނުވޭ
- އަތުފާ އަބްދުالله ސައީދު / ފަތޯ އެކަޑަމީ
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން
މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ފަތޯ އެކަޑަމީ ޖޫނިއާ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޓީމް ހީވެސްނުވޭގެ ކޯޗް، އަހްމަދު ޒާހިރެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހީ ޓީމް ހީވެސްނުވޭގެ ފާތިމަތު ޖުނާއެވެ.
މި މުބާރާތަކީ ދިއްދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ޓީމް ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އެ ރަށުގައި ހުރި ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ރަޖިސްޓަރީ ކުރެވިފައިވާ ކްލަބް ޖަމިއްޔާތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!