ހއ.ދިއްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ދެ މަސްދުވަހަށް ކުރިއަށް ގެންދާ ކޮމްޕިއުޓަރ ކުލާހުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މި ކުލާހަކީ ދިއްދޫ، ދި-ފައުންޑޭޝަންއާއި ޓީއެސްއޭ އައިޓީ ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ ކުލާހެކެވެ. މި ކުލާހުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ.
މި ކުލާހުގެ ބައިވެރިންގެ ފީ ހަމަޖައްސައިދެނީ ދި ފައުންޑޭޝަންގެ ފަރާތުންނެވެ. ދި ފައުންޑޭޝަނަކީ އެ ރަށުގައި އިޖުތިމާއީ ހަރަކާތް ހިންގުމަށާއި، ރަށުގައި ހިންގޭ އިޖުތިމާއީ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ރަށުގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ރަޖިސްޓަރީ ކޮށްފައިވާ ފައުންޑޭޝަނެކެވެ.
މި ކުލާހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހީ ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރުމަށް ކުލާސް އިންތިޒާމް ކުރާ ފަރާތުން އެދެއެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 9441491 އަށް ގުޅުއްވުމަށް އެ ފަރާތުން އެދެއެވެ.
ގޫގުލް ފޯމް:https://forms.gle/X4fMAhAZzXLyDdAb8
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!