އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހިންގާ އެކި ކަންކަމަށް އެހީތެރިވުމަށް ޞަދަޤާތް ކުރުމުގެ ފުރުސަތު އެ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ހިންގާ ކަންކަމަށް އެހީވުމަށް ޞަދަޤާތް ކުރަން ހުޅުވާލާފައި ވަނީ، ސަރުކާރުގެ ރަސްމީ ޕޭމަންޓް ނިޒާމް ''ބަންޑޭރި'' މެދުވެރިކޮށެވެ.

Ad
rt

މި ފުރުޞަޠުގެ ދަށުން ލިބޭ އެހީތެރިކަން ބޭނުން ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މިސްކިތްތަކަށް އެހީވުމަށާއި، ޤުރްއާން ހިފްޒު ކިލާސްތަކަށް އެހީ ވުމަށާއި އަދި މީހުން އުމްރާގެ އަޅުކަމަށް ފޮނުވުމަށް އެހީވުން ހިމެނެއެވެ.

މީގެ އިތުރުން އިސްލާމީ ލައިބްރަރީތައް ޤާއިމުކުރުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމް އުނގަންނައިދިނުމަށް އެހީވުމާއި އަދި ޤުރްއާން ހިތުދަސްކޮށް ނިމުމުން އުމްރާގެ އަޅުކަމަށް ފޮނުވުން ހިމެނެއެވެ.

ބަންޑޭރި ޕޭގެ ލިންކް: https://bandeyripay.finance.gov.mv

ޞަދަޤާތްކުރުން:

އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ. ''ދީލަތިވަންތަ އިލާހު އެހެން މީހުންނަށް ނުދެއްވާ މުދާ، ޞަދަޤާތްކުރާ ދީލަތިމީހާއަށް ދެއްވައެވެ. އެއީ އޭނާ އެކުޅަ ޢަމަލާ އެއްގޮތް ޖަޒާއެއް ދެއްވުމަށެވެ.'' (الوابل الصيب ص: 56)

ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވިދާޅުވިއެވެ. ''ތިމަންކަލޭގެފާނަށް ޚަބަރުލިބިފައިވާ ގޮތުގައި އެއް ޢަމަލު އަނެއް ޢަމަލުގެ މައްޗަށް ފަޚުރުވެރިވަމުންދާނެއެވެ. އެހިނދު ޞަދަޤާތް ބުނާނެއެވެ. އަހަންނަކީ އަހަރުމެންގެ ތެރެއިން އެންމެ މާތް ޢަމަލެވެ.''