މިލަދޫ އާއި ކެނދިކުޅުދޫގައި އާ އިންޖީނުގެ އިމާރާތްކުރުމަށް ބިންގާ އަޅައިފި އެވެ.

އެގޮތުން ކެނދިކުޅުދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޓެޑާއެވެ. މި މަސައްކަތް ޓޫއެލް ކޮންސްޓްރަކްޝަނާއި ހަވާލުކުރީ 7.5 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ދިހަ މަސްދުވަހެވެ.

Ad
rt

މިލަދޫ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ބީޗު ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 5.5 މިލިއަން ރުފިޔާ އަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ފެނަކަ ކޯޕަރޭޝަންއިން އަންނަނީ ރާއްޖޭގެ ރަށްރަށުގައި އިންޖީނުގެތަށް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.