ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެންކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
މިއަދު ބަޔަކު ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާތީ، ޕީޖީ ޝަމީމަށް ދިން އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން ޕީޖީ އޮފީހުން ބުނީ، މިކަން ހިނގާފައި ވަނީ މިއަދު ހެނދުނު ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި ކަމަށެވެ.
ޕީޖީ އަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެން ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
މި ހަމަލާއާއިގުޅިގެން ލިބުނު ޒަޚަމަށް ޝަމީމަށް ފަރުވާދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ފަރުވާއަށް ފަހު، އޭނާ މިހާރު ވަނީ ގެއަށް ދޫކޮށްލައިފައެވެ.
ޝަމީމް، މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމަލާގެ ސަބަބުން ވާއަތުގައި ރެނދުލާފައިވާ ކަމަށެވެ. އަދި ކުރިއަށް ވުރެ ވަރުގަދަކޮށް މަސައްކަތަށް އެނބުރި އަންނާނެ ކަމަށާއި، ކުރިއަށް ވުރެ ބާރަށް ދުވެ، ފަތައި ހައްދަވަން އެނބުރި އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ހަމަލާއާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޕީޖީގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވާއިރު، ފުލުހުންގެ އިދާރާއިން މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަޙުޤީޤުކުރައްވަމުން އަންނަކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޕީޖީ ޝަމީމަކީ ކޮންމެ ރެއަކު ހެން ފަތިހު، ދުވުމާއި ފެތުންފަދަ ކަޝްރަތުތަކުގައި އުޅުއްވާތަން ދުޅަހެޔޮ ދިރިއުޅުމަކަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!