އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓިކްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ހަތަރު ދާއިރާއެއްގައި އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމައި، އެ ދާއިރާތަކުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށްފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާ 5 ޖެނުއަރީ 2023 ގައެވެ.

Ad
rt

ދަ ޑިމޮކްރެޓްސް އިން މިއަދު ބުނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް، އާއްމުކޮށް ޝަކުވާއަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ދާއިރާތަކުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓާއި ގުޅޭ ޝަކުވާތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެކަމަށް ޚާއްޞަކޮށްފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ކަމަށް އެ ޕާޓީން ބުނެއެވެ.

ދަ ޑިމޮކްރެޓްސްއިން ޕްރައިމަރީ ބާއްވަން ނިންމައި މެންބަރުންގެ ވަގުތީ ވޯޓާސްލިސްޓް އާންމު ކުރި ދާއިރާތަކާއި ވޯޓާސް ލިސްޓް

  • ކެލާ ދާއިރާ - ވޯޓާސް ލިސްޓް ބެއްލެވުމަށް ކްލިކް ކޮށްލައްވާ - ވޯޓާސް ލިސްޓް
  • ކަނޑިތީމު ދާއިރާ - ވޯޓާސް ލިސްޓް ބެއްލެވުމަށް ކްލިކް ކޮށްލައްވާ - ވޯޓާސް ލިސްޓް
  • ހުޅުމާލެ ދެކުނު ދާއިރާ - ވޯޓާސް ލިސްޓް ބެއްލެވުމަށް ކްލިކް ކޮށްލައްވާ - ވޯޓާސް ލިސްޓް
  • ހެންވޭރު ދެކުނު ދާއިރާ - ވޯޓާސް ލިސްޓް ބެއްލެވުމަށް ކްލިކް ކޮށްލައްވާ - ވޯޓާސް ލިސްޓް

މި ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ 3 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުއެވެ.

މި ވަގުތީ ލިސްޓްތަކަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ގަނޑިއެއް ކަމަށް އެ ޕާޓީން ކަނޑައަޅާފައި ވަނީ 31 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ 18:00ގެ ނިޔަލަށެވެ.

މި ލިސްޓްތަކަށް ހުށަހެޅޭ ޝަކުވާތައް ބެލުމަށްފަހު ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ދާއިމީ ލިސްޓް 1 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހު ޢިއުލާން ކުރާނެ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުންޏެވެ.

20 ވަނަ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްސަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހުއެވެ.