މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށާއި މާލެ އަކީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހި، ވިލިމާލެ، ގުޅިމާލެ އަދި ތިލަމާލެ ކަމަށެވެ.

Ad
rt

"މި ވެގެންދަނީ ބޮޑު ޝަހަރަކަށް. ހައުސިންގެ ތަފާތު ވެރައިޓި އަންނަންވީ. ޕަބްލިކް ޓްރާންސްޕޯޓު، ގްރީން އޭރިއާ، ޕާކިން، ޝޮޕިން މޯލް، ސިނަމާ އަންނަންވީ. އަދި ފުރިހަމަވާން ކައިރިވެސް ނުވޭ"

މަލީހު ވިދާޅުވިއެވެ.

މަލީހު މިހެން ވިދާޅުވެފައިމިވަނީ މާލޭގެ ކުލީގެ މައްސަލަަ ހައްލުކުރުމަށް މާލެ ފުރި ބަންޑުން ވެެއްޖެ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މަލީހު މިހެން ވިދާޅުވެފައިވާއިރު މިސަރުކާރުގެ އަމާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ދުވަސް ނިމިގެންދާއިރު މާލެއަށް އެންމެން ޖަމާވުން ނިމުމަކަށް ގެނައުމަށް ކަމަށް އިކޮނޮމިކް މިިނިސްޓަރ ފައްޔާޒް އިސްމާއިލް މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި ޖަޒީރާ މެނިފެސްޓޯގެ މައިގަނޑު އެއް ވައުދަކީ ރާއްޖެތެރެ އާބާދުކޮށް މާލެއަށް ބަރޯސާވުން ކުޑަކުރުމުވެ.