އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕް ކުރުމަށް ކުރަންޖެހޭ ތަފްސީލީ ކުރެހުމުގެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

އުތީމު ކައުންސިލުން ބުނީ އެރަށު ގަނޑުވަރު ސަރަޙައްދު ލޭންޑްސްކޭޕް ކުރުމަށްޓަކައި ތަފްޞީލީ ކުރެހުން ތައްޔާރު ކޮށްދިނުމުގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

Ad
rt

މި މަސައްކަތް ހަވާލުކޮށްފައި ވަނީ މަދުވެގެން 56 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަސައްކަތުގެ އަގަކީ 194،000 ރުފިޔާ ކަމަށް އުތީމު ކައުންސިލުން މައުލޫމާތު ދެއެވެ.

އުތީމު ގަނޑުވަރުވަރަކީ ރާއްޖޭގައި ހުރި އެފަދަ ދެވަނައެއްނުވާ ތާރީޚީ އަގުހުރި އާސާރީ ބިނާއެކެވެ. އެތަން ބަލަން އެތައް ބަޔަކު ކޮންމެ އަހަރަކު އެރަށަށް ދަތުރުކުރެއެވެ.

މި ގަނޑުވަރަކީ ކަނޑުގެ "ބާޒު" ގޮތުގައި ސިފަކުރެވުނު ވަރުގަދަ ޕޯޗުގީޒުންގެ ވަކިތަކުން މި ދިވެހި އުންމަތް މިނިވަން ކުރެއްވި ޤައުމީ ބަތަލު އުތީމު މުޙައްމަދު ތަކުރުފާނު ނުވަތަ އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން އެރަށުގައި ދިރިއުޅުއްވި ގެކޮޅެވެ.

ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު ޤައުމުގެ ރަދުންގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ ދީލަތިކަމާއި އަދުލުވެރިކަމާ އެކީގައި ރަސްކަން ހިންގަވަމުން ގެންދެވި ރަސްކަލެއްގެ ގޮތުގައި އެވެ. އަދި ނިކަމެތީންގެ ޙާލު ބެއްލެވި، ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވި ރަސްކަލެއްގެ ގޮތުގައި އެވެ.

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ނުވަތަ ބޮޑު ތަކުރުފާނު 11 އަހަރާއި 6 މަސްދުވަހު ރަސްކަން ކުރެއްވުމަށްފަހު، އަވަހާރަވީ 1 ރަމަޟާން 993 ހ ގައެވެ. އެއީ 18 އޮގަސްޓް 1585މ ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ބިހުރޯޒް ކަމަނާގެ މިސްކިތުގެ ގޯތި ތެރޭގައެވެ.