ދިރާސީ ކަލަންޑަރަށް ސަރުކާރުން ގެނެސްފައިވާ ބަދަލާއިގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުންފާޅުކޮށް ބަޔާނެއް ނެރެފިއެވެ.

ނިމުނު އެމްޑީޕީގެ ސަރުކާރުގައި ވެސް ވަނީ ދިރާސީ ކަލަންޑަރަށް ބަދަލުގެނެސް އަހަރުގެ ބޮޑު ޗުއްޓީ ޖުލައި އަށް ބަދަލުކޮށް، ތައުލީމީ ކަލަންޑަރަށް ބަދަލު ގެނެސްފައެވެ.

Ad
rt

ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައުމަށް ވެފައިވާ ވަޢުދާއި އެއްގޮތައް ސްކޫލް ބޮޑުޗުއްޓީ ޑިސެމްބަރަށް ދިމާވާހެން ތަޢުލީމީ ކަލަންޑަރަށް ބަދަލުގެނެސް، މަރުހަލާތަކަށް ބަހާލައި އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މި ސަރުކާރުގެ މި ސިޔާސަތަށް ފާޑުކިޔައި އެމްޑީޕީން ރޭ މެންދަމު ނެރެފައިވާ ނޫސްބަޔާނެއްގައި ސަރުކާރުން ތައުލީމީ ކަލަންޑަރަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ބެލެނިވެރިންނާއި މުދައްރިސުންނާއި އާއްމުން އެ ޕާޓީއަށް ކަންބޮޑުވުންތައް ހުށަހަޅަމުންއަންނަ ކަމަށް ވަނީ ބުނެފައެވެ. އަދި މި ކަންބޮޑުވުންތަކާ ގުޅިގެން އެ ޕާޓީން ބެލިބެލުމުން ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ފަސް ނުކުތާއެއް ވެސް ފާހަގަކޮށްފަވެއެވެ.

އެމްޑީޕީގެ ނޫސްބަޔާން ކިޔާލަން: ދިރާސީ ކަލަންޑަރަށް އެޑިޔުކޭޝަން މިނިސްޓްރީން ގެނެސްފައިވާ ބަދަލާ ގުޅޭ ގޮތުން ނެރޭ ނޫސްބަޔާން

އެ ނުކުތާތައް ފާހަގަކޮށް އެއީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށާއި، އަދި އެއީ އެއްވެސް ވަރަކަށް ވިސްނާނުލާ ސިޔާސީ ޕޯޑިއަމްއެއްގައި ބުނެވުނު ވައުދެއް ފުއްދުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއްގޮތުގައި އެމްޑީޕީން ވަނީ ސިފަކޮށްފައެވެ. އަދި 95000 އެއްހާ ދަރިވަރުންގެ މުސްތަޤްބަލަށް ބޮޑު ގެއްލުމެއް ލިބޭފަދަ ކަމެއް ކުރުމަކީ ކުރަން ހެޔޮވާ ވަރުކަމެއް ނޫން ކަމެއް ކަމަށް ވެސް ބުނެފަވެއެވެ.

''މަތީގައިވާ ކަންބޮޑުވުންތަކަށް ރިޔާއަތްކޮށް މި ޕާޓީން ގޮވާލަނީ ދަރިވަރުންގެ ޖުމްލަ ތަރައްޤީއަށް އުނިކަމެއް ނާންނާނެ ފަދައިން، ކަމާ ގުޅުންހުރި އިދާރާތަކުން ދަރިވަރުންނާގުޅޭ ސިޔާސަތުތައް ބައްޓަންކުރުމަށެވެ.'' އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފަވެއެވެ.