ދަތުރުކުރަމުން ދިޔަ ލޯންޗަކަށް ދިޔަވާތީ އެ ލޯންޗަށް ސިފައިން އެހީތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ލޯންޗަކަށް ދިޔަވެ، ގެއްލުން ވާތީ ސިފައިން އަންނަނީ އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

Ad
rt

އެއީ ތ. އަތޮޅު ބުރުނީގެ ހަތަރު ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ލޯންޗެކެވެ.

"އެމްއާރުސްޕީޑް" ނަމަކަށް ކިޔާ ލޯންޗަށް ދިޔަވެ ގެއްލުންވުމުން އެހީތެރިކަން ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކުޑަހުވަދޫ ޕޯސްޓްގެ ސިފައިންނެވެ.

‘’މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ.’’ އެމްއެންޑީއެފުން ބުންނެއެވެ.