މާލެ އާއި ގުޅީފަޅުން ވެސް ފައިލޭރިއާ ބަލި ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ފައިލޭރިއާ ފެނުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ލަފަޔާއި، އިރުޝާދުގެ ދަށުން މިހާރު ކުރިއަށް ގެންދާ ސްކްރީނިން ޕްރޮގްރާމްގެތެރެއިން މާލެ އިން ބިދޭސީއެއް އަދި ގުޅީފަޅުން ބިދޭސީއެއް އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Ad
rt

މިގޮތުން ޑިސެމްބަރު 22 އަދި 23 ވަނަ ދުވަހު ވަނީ ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، ތިލަފުށި އަދި މާލެ ސަރަހައްދުގައި ފައިލޭރިއާ އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މި ޓެސްޓް ކުރުންތައް މައިގަނޑުގޮތެއްގައި ކުރިއަށް ގެންގޮސްފައި ވަނީ ބިދޭސީ މަސައްކަތްތެރީން ތިބޭ ސައިޓްތަކުގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ދެދުވަހު ކުރެވުނު ޓެސްޓްތަކުގެ ނަތީޖާއަށް ބަލާއިރު ހުޅުމާލެއިން ނެގުނު 29 ސާމްޕަލްގެ ތެރެއިން 24 ސާމްޕަލް ނެގެޓިވްވެ، 5 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. ގުޅީފަހުން 20 މީހަކު ޓެސްޓް ކުރިއެވެ. އޭގެތެރެއިން އެކަކު ޕޮޒިޓިވްވެ ބާކީ 19 މީހުންގެ ސާމްޕަލް ވަނީ ނެގެޓިވެފައެވެ. މާލެއިން ޓެސްޓް ކުރީ 15 މީހުންނެވެ. އޭގެތެރެއިން އެކަކު ޕޮޒިޓިވްވެ، ދެންތިބި މީހުން ވަނީ ނެގެޓިވްވެފައެވެ. މި ދެ ދުވަހު ވަނީ ވިލިމާލެއިން 10 އަދި ތިލަފުށިން 15 މީހުން ޓެސްޓްކޮށްފައެވެ. އެ ހުރިހާ މީހުން ވެސް ވަނީ ނެގެޓިވެވެފައެވެ. މި ހުރިހާ މީހުންނަކީ ވެސް ބިދޭސީންނެވެ.

ކުޅުދުއްފުށިން މިހާތަނަށް 25 ބިދޭސީން ޕޮޒިޓިވްވެފައިވުމާއެކު، ރާއްޖެއިން މިހާތަނަށް ފައިލޭރިއާ އަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދު ވަނީ 32 އަށް އަރާފައެވެ.

ހުޅުމާލެއިން ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ

މިހާތަނަށް ދިވެއްސެއް މިބައްޔަށް ޕޮޒިޓިވްވެފައިނުވާއިރު، ޕޮޒިޓިވްވެފައި ވަނީ އިންޑިއާގެ އުއްތުރަ ޕްރަދޭޝްއަށް ނިސްބަތްވާ 10 މީހުންނާއި، އެ ގައުމުގެ ބިހާރުގެ 10 މީހުން ނާއި އެ ގައުމުގެ ގޯޕާލްގަންޖުގެ މީހަކާއި އަދި ޓެމިލްނާޑޫގެ އެކަކެވެ. ދެން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ ދެ ހެކެވެ.

ޕޮޒިޓިވްވި އެންމެންނަށް ވެސް އެކަމަށް ބޭނުންވާ ބޭސް އެޗްޕީއޭއިން ފޯރުކޮށްދެމުން އަންނައިރު، އެ މީހުންނަށް ބޭސް ދިނުމުގެ ކަންކަން އިންތިޒާމްކޮށް ބަލަހައްޓަމުން އަންނަނީ ވެސް އެ އިދާރާގެ ފަރާތުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާ އަށް ޓެސްޓްކުރުން ފުޅާކޮށް ދިވެހިންނާއި ބިދޭސީ މަސައްކަތް ތެރީން ހިމެނޭހެން ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެކަމުގައި ޝާމިލްވާ އެންމެންގެ އެއްބާރުލުމަށް ވަނީ އެދިފައެވެ.