އެސްޓީއޯއާއި އެލައިޑުގެ ހިއްސާ ދޫކޮށްލައި، މިފްކޯ 100 އިންސައްތަ ސަރުކާރު ކުންފުންޏަކަށް

IMG_3341

މިފްކޯ 100 އިންސައްތަ ސަރުކާރު ކުންފުންޏަކަށް ބަދަލުކުރަން އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެ ކުންފުންޏަށް މި ބަދަލު ގެނެސްފައިވަނީ މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯ އާއި އެލައިޑުގެ ހިއްސާތައް އެ ދެ ކުންފުނިން ވަނީ ސަރުކާރަށް ބަދަލުކުރުމުގެ އެއްވަސްވުމުގައި ސޮއި ކޮށްފައެވެ.

މިއަދު ސޮއި ކުރި ނަމަވެސް މި އެއްބަސްވުންތަކަށް އަމަލުކުރަން ފަށާނީ މި މަސް ނިމުމުންނެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މިފްކޯއަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ކަނޑައަޅުއްވީ މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހަށްފަހުއެވެ. ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި، މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާކުރެވިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރީ 2016 ވަނަ އަހަރުއެވެ. އޭރު އެގޮތަށް ނިންމީ ކުންފުނީގެ ދަރަނި ބޮޑުވުމުގެ ސަބަބުންނެވެ. މިހާރުވެސް އެ ކުންފުންޏަކީ ދަރަނި ބޮޑު ކުންފުންޏަކަށް ވާއިރު، އިކޮނޮމިކް ކައުންސިލުން މިފްކޯގެ ދަރަނި ރީސްޓްރަކްޗާ ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *