ށ.ފީވަކުގެ ކުންފުންޏެއް ކަމަށްވާ “ބަލްމާ މޯލްޑިވްސް” އިން އިންތިޒާމްކޮށްގެން ބާއްވާ "ބަލްމާ ފުޓްސަލް ޗެލެންޖް 23/24" މި ޑިސެމްބަރު މަހުގެ 25 ގައި ފެށުމަށް ތައްޔާރު ވެއްޖެއެވެ.

މި މުބާރާތުގައި ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ހޫލިގަން އެސްސީ، ހަކުރު އެފްސީ، ތިންބަތެރެ އެފްސީ، ފަޔަރ ބާޑްސްގެ އިތުރުން ހޮޓް ޝޮޓެވެ.

Ad
rt

ފީވަކު ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމާއި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ މަޝްހޫރު ކުޅުންތެރިން ފެނިގެން ދާނެއެވެ. މިއަހަރުގެ މި މުބާރާތުގައި އެންމެ ފަހުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ގެ ފުޓްސަލް ކިންގް ހުސެއިން ޝަރީފް، އާންމު ނަމުން ނަމަ (އޮންލީ) ފެނިގެން ދާނެއެވެ. މީގެއިތުރުން ށ.އަތޮޅުގައި ވިދަމުންދާ އެތަށް ކުޅުންތެރިންނެއް މި މުބާރާތުން ފެންނާނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމް 10000 (ދިހަހާސް) ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 (ފަސްހާސް) ރުފިޔާ އަދި ފެއާރ ޕްލޭ ޓީމް 2000 (ދެހާސް) ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ބަލްމާ މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީއެވެ. މުބާރާތުގެ ކޯ ސްޕޯންސަރއަކީ ފީވަކު ފުޑްފެކްޓްރީ “ކްރަންޗީސް” އެވެ. މީގެއިތުރުން މި މުބާރާތުގެ މީޑިއާ ޕާރޓްނާރ އަކީ ފީވައް.އެމްވީ އެވެ. ފީވައް.އެމްވީގެ ފޭސްބުކް ޕޭޖުން މި މުބާރާތުގެ ހުރިހާ މެޗެއް ލައިވް ކުރާނެއެވެ.

މި މުބާރާތް ހިންގާ ބަލްމާއަކީ މީގެ ކުރިންވެސް ފީވަކުގައި ހިންގޭ ކުޅިވަރުގެ ހަރަކާތްތަކަށާއި، ތައުލީމީ އަދި އިޖުތިމާއީ ކަންކަމުގަ ދީލަތި އެހީތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަ ކޮށްލެވެއެވެ.