އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފިއެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދު (16 ޑިސެމްބަރު 2023 ވާ ހޮނިހިރު ދުވަހުން ފެށިގެން 2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ ހަވީރު 04:00) އާ ހަމަޔަށެވެ.
އެމްޑީޕީން ބުނީ، އެ ޕާޓޯގެ ޓިކެޓް ދޭނެ ފަރާތްތައް ހޮވަން، ޕްރައިމަރީ ބާއްވަންޖެހޭ ތަންތާ ޕްރައިމަރީ އޮންނާނީ 26 އަދި 27 ޖެނުއަރީ 2024 ވާ ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށެވެ.
މި ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުޤުވެރިކަންފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
ޝައުޤުވެރިކަންފާޅުކުރާ މީހުންގެ ޝަރުޠުތައް
1- އެމް.ޑީ.ޕީގެ މެމްބަރެއް ކަމުގައިވުން.
2- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވުން.
އެމްޑީޕީގެ ފަރާތުން ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ޝައުގުވެރިކަން ފާޅުކޮށް އެ ޕާޓީއަށް ހުށަހަޅަން ޖެހެނީ އެކަމަށް ތައްޔާރުކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!