ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް، އެފަދަ ހުރިހާ ސައިޓުތަކެއް ބްލޮކްކޮށްފިއެވެ.

މިކަން ތަންފީޒު ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް ސަރުކާރުން އެންގިކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

ނަމަވެސް މިކަމާބެހޭ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

ރާއްޖޭގެ އެއްވެސް ނެޓްވޯކެއް މެދުވެރިކޮށް ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް މިހާރު ހަދާފައިވާއިރު، އެ ފަދަ ސައިޓެއް ލޯޑު ވެސް ދެން ނުކުރެވޭނެއެވެ.

މިފަދަ ނިންމުމެއްގެ ވާހަކަ ރަސްމީކޮށް ކުރިން ހާމަކޮށްފައިނުވާއިރު، މިއީ މިފަަދައިން ރާއްޖޭގައި އަމަލުކުރަން ފެށި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން މިކަން ތަންފީޒު ކުރުމުގެ ވާހަކަ އެކިފަހަރުމަތިން ދެކެވުނު ނަމަވެސް މިކަން ތަންފީޒު ކުރެވިފައެއް ނުވެއެވެ.