ށ. އަތޮޅުގައި ބޯޓެއްގެ ބައެއް ކަމަށް ބެލޭ އެއްޗެއް އޮޔާ ދާތީ ކަނޑު ދަތުރުވެރިން ސަމާލުވުމަށް އެ އަތޮޅު ކައުންސިލުން އެދިއްޖެއެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް (ޝިޔާންޓޭ) ‘’ތިލަދުން’’ އަށް ވިދާޅުވީ، އެ އަތޮޅު ސަރަހައްދު ކަނޑުގައި ބޯޓެއްގެ ބައެއް ކަމަށް ބެލޭ އެއްޗެއް އޮޔާ ދާތީ އާންމު ފަރާތަކުން އެކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

Ad
rt

އެ އެތި ހަވީރު އޮތީ އެ އަތޮޅު ބިލެއްފައްސާއި ގޮއިދޫ އާއި ދޭތެރޭ ކަނޑުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ށ. އަތޮޅު ސަރަހައްދު ކަނޑުގައި އޮޔާދާ ބޯޓެއްގެ ބައެއް ކަމަށް ބެލޭ އެތި، ފޮޓޯ: ސިންޓޭ

’’އޮޔާދަނީ ބޯޓެއްގެ ބައެއް ކަމަށް ބެލެވެނީ، ދަނގަޑުން އޮތް ބައެއް އެއީ، ކަނޑު ދަތުރުކުރާއިރު މިކަމަށް ސަމާލުވުމަކީ އަޅުގަނޑުމެންގެ އިލްތިމާސެއް’’ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ހާއްސަ ގޮތެއްގައި ރޭގަނޑު ކަނޑު ދަތުރުކުރާއިރު މިކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ.