ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް ދެ ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.

ފެނަކައިން ''އެކްސް''ގައި ބުނެފައިވާ ގޮތުން އެ ކުންފުނީގެ ޑީއެމްޑީގެ މަގާމަށް ހުސައިން ޒުހުރީ އާއި އިބްރާހިމް ނާއިފް ވަނީ ޢައްޔަނު ކޮށްފައެވެ.

Ad
rt

އެ ދެ ބޭފުޅުން އެ މަގާމަށް ޢައްޔަނުކުރުމުން އެ ކުންފުނިން ވަނީ އެ ދެ ބޭފުޅުންނަށް މަރުޙަބާ ކިޔާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމަށް ޢައްޔަނުކޮށްފައި ވަނީ މަޑެވެލި ދާއިރާގެ ކުރީގެ މެންބަރު މުޢާޒު މުހައްމަދު ރަޝީދު (މުއާ) އެވެ.

ފެނަކަ އަކީ މާލެ އާއި މާލެ އަތޮޅު، އަރި އަތޮޅު އުތުރު އަދި އަރި ދެކުނު ފިޔަވައި ހުރިހާ އަތޮޅެއްގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ. މީގެ އިތުރުން ފެނަކައިން ކަރަންޓްގެ ޚިދުމަތްދޭ ރަށްތަކުގައި ސަރުކާރުން ގާއިމުކުރާ ފެނުގެ ޚިދުމަތާއި، ނަރުދަމާގެ ޚިދުމަތް ވެސް ބަލަހައްޓަނީ އެ ކުންފުނީގެ ދަށުންނެވެ.

ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ ސަޕްލަޔަރުންނަށް ފައިސާ ލިބުމުގެ ލަސްތަކެއް ކުރިމަތިވެ، މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.