އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ މަސްވެރި އުޅަނދު ފަހަރަށް މާލީ ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މަސްވެރިކަން ފެށެނީ އެންވެރިކަމުން ކަމަށާއި، އެވޭލާ މަސްވެރިކަމަށް ބަލާނަމަ، ރެހި ބުރަކި މުގުރާން ފަދަ އެން ދެމުމަށްޓަކައި ދިވެހި މަސްވެރިން ވަރަށް ފަތިހު މަސައްކަތް ފަށާ ކަމަށެވެ. އަދި ދެމޭ އެމުން އެއްބައި ބައެއްފަހަރަށް އެން ލަބަރީގައި ފަހަށް ރައްކާކުރާ ކަމަށެވެ. އެކަން އެގޮތައް ކުރަނީ މާކަނޑަށް ގެނބުރަށް ނުކުމެ ރަނގަޅު މަސްވެރިކަމެއް ކުރެވޭނީ، ރަނގަޅު އެމެއް ހުރެގެން ކަމަށްވާތީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ޒަމާނަށް ބަލާއިރު، މިއީވެސް ވަރަށް ބޮޑަށް ތަރައްޤީކުރަން ޖެހިފައިވާ ދާއިރާއެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ބޭނުންފުޅު ވަނީ، އެކަންވެސް ޒަމާނީ ފަންނިއްޔާތާއި ގުޅުވާލައި، ޢިލްމީ އަސާސެއްގެ މައްޗަށް ދިވެހި އެންވެރިކަން އާލާކުރުމުގެ މަސައްކަތް ބިނާކުރަން ކަމަށް ވިދާޅުވިއެވެ.

މިގޮތުން، އެން ދިރުވައި، ގިނަ ވަގުތު ވަތުގައި ބެހެއްޓޭނެ ގޮތް ހެދުމާއި، އެން އިސްރާފު ކުރެވޭ މިންވަރު މަދުކުރުމަށް ތަފާތު ޕްރޮގްރާމްތަކެއް މިހާރު ވަނީ ފެށިފައިކަން ފާހަގަކުރައްވައި، އޭގެތެރޭގައި، ބޭރުގެ ހިލޭ އެހީގެ ދަށުން އައްޑުއަތޮޅުގެ ދޯންޏެއްގައި އެންވަތް ބަދަލުކޮށް، ގިނަ ވަގުތު އެން ބެހެއްޓޭތޯ ބެލުމުގެ ދިރާސާ މަސައްކަތް ވަނީ ފެށިފައިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

''ހަމައެހެންމެ، އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ އުޅަނދުފަހަރަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އޭރުން އިރާދަކުރެއްވިއްޔާ، ޒަމާނުއްސުރެ ދިވެހި މަސްވެރިން ތަޙައްމަލް ކުރަމުން އައި، އެން މުޅަވުމުގެ މައްސަލައަށް ނިމުމެއް ގެނެވުނީ.'' ރައީސް ވިދާޅުވެފަވެއެެވެ.

ރައީސްގެ ރޭގެ ވާހަކަފުޅުފައި ވަނީ، މަސްވެރިންނަށް އެމަނިކުފާނު ޢުދުތަކުގެ މަތިން ހަނދާނެއް ނުނެތޭނެ.