ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފިއެވެ.
އެ ރަށުގައި ޕޮލިސް ޕޯސްޓް ހުޅުވައި ރަސްމީކޮށް ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ނެއްލައިދޫ ކައުންސިލުގެ ރައީސް މުޙައްމަދު އަލީފްއެވެ.
މި ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި ހދ. އަތޮޅު ފުލުހުންނާއި ނެއްލައިދޫ ކައުންސިލާއި ރަށުގެ އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެލައްވާފައެވެ.
މި ޕޯސްޓަކީ ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ރަށުގައި ހުޅުވާފައިވާ ޕޯސްޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!