ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ނައިބުގެ މަގާމަށް އިތުރު 9 ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ.

މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނަކީ؛

Ad
rt
  • ޚާރިޖީ ވުޒާރާގެ ނައިބުގެ މަގާމަށް- ޢަލީ ޖަނާހް، ހއ. ބާރައް، ސައުދީ މަންޒިލް
  • ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމަށް- މުޙައްމަދު ޢާރިފް، ށ. ކަނޑިތީމު، ރަތްވިލާގެ
  • ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމަށް- އަލްއުސްތާޛާ މަރްޔަމް ޝިފާނާ ޢަލީ ސަލީމް، ހ. މެލްބަން
  • މާލީ ވުޒާރާގެ ނައިބުގެ މަގާމަށް- ޙަސަން މިރާސް، މއ. މާފުނަ
  • ތަޢުލީމީ ވުޒާރާގެ ނައިބުގެ މަގާމަށް- އާމިނަތު މުނާ، ލަކީސްޓާރ، ދ. ބަނޑިދޫ
  • ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމަށް- އަޙްމަދު މާއިސް - ވެލާނާގެ، ނ. ވެލިދޫ
  • ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމަށް- އިބްރާހީމް ޢަލީމް - ރޯޅި، ގއ. ކޮލަމާފުށި
  • ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމަށް- ފާޠިމަތު ޒުހުރާ، ވ. ފައުނު
  • ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމަށް - އަލްއުސްތާޛު ޢަބްދުﷲ މަޙްޒޫމް މާޖިދު، ބަގީޗާގެ، ނ. ކުޑަފަރި

ރައީސް މީގެ ކުރިން ވެސް ތިން ފަހަރެއް މަތިން ނައިބު ވަޒީރުން ޢައްޔަނު ކުރައްވާފައިވާއިރު، 29 ނޮވެމްބަރު 2023 ގައި 20 ނައިބު ވަޒީރަކު ޢައްޔަނު ކުރެއްވިކަން ރައީސް އޮފީހުން ފުރަތަމަ ހާމަކުރިނަމަވެސް، ފަހުން ވަނީ އެ އަދަދު 18 ކަމަށް ބަޔާންކޮށް، ރައީސް އޮފީހުގެ ވެބްސައިޓްގައިވާ ޚަބަރު އިސްލާހްކޮށްފައެވެ. 28 ނޮވެމްބަރު 2023 ގައި ރައީސް ވަނީ 26 ނައިބު ވަޒީރުން ޢައްޔަނު ކުރައްވާފައެވެ. އަދި 30 ނޮވެމްބަރު 2023 ގައި ވަނީ 20 ނައިބު ވަޒީރަކު ޢައްޔަނުކުރައްވާފައެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައިވާ މައުލޫމާތަށް ބަލާއިރު، މި ސަރުކާރުގެ ދައުރު ފެށުނު އިރުވެސް ނައިބު ވަޒީރެއްގެ މަގާމުގައި އެއް ބޭފުޅަކު ހުންނެވިއެވެ. އެއީ ޚާރިޖީ ވުޒާރާގެ ނައިބަކަށް ހުންނެވި ފާތިމަތު އިނާޔާ އެވެ. އޭގެ ފަހުން ހަތަރު ފަހަރެއް މަތިން ޢައްޔަނު ކުރެއްވި ނައިބު ވަޒީރުންނާއެކު މިހާރު މިސަރުކާރުގެ ނައިބު ވަޒީރުންގެ ޢަދަދަކީ 74 އެވެ. މީގެ އިތުރުން ރައީސް އޮފީހުގައި ނައިބު ވަޒީރުންގެ ފެންވަރުގެ 7 ބޭފުޅަކު އެބަ ތިއްބެވިއެވެ.