އާދަމްސަލީމްކަޕްގެ ގްރޫޕް ސްޓޭޖް ނިމި ޝީލްޑް ފައިނަލަށް

80798390_462103254504381_6965435509472493568_o

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުގެ މެޗްތައް އިއްޔެ ނިމިއްޖެއެވެ.

ގްރޫޕް ސްޓޭޖްގެ ފަހުމެޗާއެކު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޝީލްޑުން ވަނީ ކަށަވަރު ކޮށްފައެވެ. ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ މިމުބާރާތުގެ ގްރޫޕު ސްޓޭޖު ފަހުމެޗުގައި އިއްޔެ ޝީލްޑާއި ޔޫތު ފުރެންޑްސް ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

އިއްޔެގެ މެޗަށް ނުކުތްއިރު ޔޫތު ފުރެންޑްސްއަށް ސެމީގެ ޖާގަ ކަށަވަރުވާން އޮތީ އިއްޔެގެ މެޗުން މޮޅުވެގެންނެވެ. ނަމަވެސް ޝީލްޑަށް މެޗް އެއްވަރުވ،ެ ޕޮއިންޓެއް ލިބުނުނަމަވެސް ފަރުޖައްސާލެވެން އޮތެވެ.

އިއްޔެގެ މެޗްގައި ފުރަތަމަ ހާފުގައި ޖޯޒީ ނަންބަރު 11 އާސިފް ސަލީމްގެ ލަނޑުން މެޗްގެ ލިޑުނެގީ ޝީލްޑުންނެވެ. ނަމަވެސް ދެވަނަ ހާފުގައި ޔޫތު ފްރެންޑްސްގެ ޖޯޒީ ނަންބަރު 33 އާދަމް އިބްރާހިމް ޖެހި ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗްގައި ޕެނަލްޓީއެއް ލިބި، މެޗުން މޮޅުވެ ފައިނަލަށް ދިއުމަށް ޔޫތު ފްރެންޑްސްއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ޔޫތު ފްރެންޑްސްގެ އާދަމް އިބްރާޙީމް ޖެހި އެޕެނަލްޓީ ނާކާމިޔާބުވީއެވެ.

ފައިނަލްގެ ފަހުޖާގަ ކަށަވަރު ކުރުމަށް ކުޅެވޭ މިމުބާރާތުގެ ސެމީ ފައިނަލް މެޗް އޮންނާނީ 26 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހު އެވެ. މިމެޗްގައި ވާދަކުރާނީ ރިއަލް ސްޓާރސް އާއި އަހުލީއެވެ. މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

މި މުބާރާތަކީ ހަނިމާދޫގެ ފުޓްބޯޅައިގެ އުދަރެހުގައި ފިޔަޖެހި އަލިގަދަ ތަރިއެއްކަމަށްވާ، ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ މުބާރާތެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި