ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތި ޓުރެފިކް ކުރުމުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕެސްޓް ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 2021 ގަ އެވެ. އޭރު ޕެސްޓްގެ އިތުރުން އިތުރު ތިން މީހަކު ވެސް ހައްޔަރުކުރި އެވެ.

Ad
rt

އެ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ އެހެންކަމުން ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން ޕެސްޓާއި ދެން ތިބި މީހުންގެ މައްޗަށް ކަމަށް ކުށް ސާބިތުނުވާ ކަމަށެވެ.