އެސްޓީއޯއިން ކުރިޔަށްގެންދާ ހެއްޔާ މަކިޓާ 2023 ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، މުހައްމަދު އީމާންއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ޖެނުއަރީ 11 އާ ހަމައަށެވެ.

Ad
rt

އެސްޓީއޯ މަކިޓާ ޝޯރޫމްގެ އިތުރުން ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި ޕްރޯޝަން ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެސްްޓީއޯއިން ބުންޏެވެ.

މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން 1 ވަނައަށްދާ ފަރާތަކަށް މަކިޓާ ޝޯރޫމްގެ 30،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ. އަދި ދެވަނައަށް 20،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭއިރު ތިންވަނައަށްދާ ފަރާތަކަށް 10،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.

މީގެ އިތުރުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ކުރިއަށްގެންދާނެއެވެ.

މި މުބާރާތުގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހާ ފަރާތެއް ހޮވައި އެ ފަރާތަކަށް މަކިޓާގެ އުފެއްދުންތައް އިނާމުގެ ގޮތުގައި ލިބޭނެއެވެ.