ހއ.އަތޮޅު ކައުންސިލުން މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި އެ އަތޮޅުގެ މަސްވެރިންނަށް ހާއްސަކޮށްގެން ތިން ދާއިރާއަކުން އެވޯޑް ދިނުމަށް ނިންމައި، އެ އެވޯޑްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.\

އެ ޖަލްސާގައި އެވޯޑް ދިނުމަށް ނިންމާފައި ވަނީ ހއ.އަތޮޅުގެ އެންމެ ޒުވާން މަސްވެރިޔާ، އެންމެ ދުވަސްވީ ކެޔޮޅުގެ އިތުރުން މަސްވެރިކަމުގައި އުޅުއްވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެވެ.

Ad
rt

މި އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު އެ އަތޮޅުގެ މަސްވެރިންނަށް ހުޅުވާލާފައިވާއިރު، އެކަމަށް ފުރިހަމަ ކުރަންޖެހޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 30 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހއ.އަތޮޅު ކައުންސިލަށް ހުށަހަޅަނަ ޖެހެއެވެ.

މި އެވޯޑްތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފްކުރަން ބޭނުންވާ ފަރާތްތަކުން (6500343، 6500116) މި ނަމްބަރުތަކަށް ގުޅުމަށް އެ ކައުންސިލުން އެދެއެވެ.