ރާއްޖޭ މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލަން ނިންމައިފިއެވެ.
އެކަން ހާމަކުރެއްވީ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެވެ.
ޝަހީމް “އެކްސް”ގައި ވިދާޅުވީ،ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވަން ވަނީ ވައުދުވެވަޑައިގަންނަވާފަ އެވެ.
އެހެންވެ މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލަން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމާފައިވާ ކަމަށެވެ.
‘’އެއީ މިސްތަކާއި އިމާމުންގެ ކަންކަމުގައި އިސްތިޝާރީ ލަފާދޭ މަޖްލީހެއް’’ ޝަހީމް ވިދާޅުވެފަ ވެއެވެ.
ރާއްޖޭގައި ހާހެއްހާ މިސްކިތް ހުރެއެވެ.
މި ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރުމަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!