ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިރޭ ޢައްޔަނު ކުރައްވައިފިއެވެ.

މުންދު މީގެ ކުރިން ވަނީ ސްޕޯޓްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރު ކަމާއި އަދި ސަރުކާރުގެ ތަރުޖަމާންގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

Ad
rt

މުންދުއަށް މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.

މީގެ ކުރިން ރައީސް މުޢިއްޒު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑރ. ޢަލީ ނަޞީރު މުޙައްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމަށް މުޙައްމަދު ޝަހުދީ ހަމަޖައްސަވާފައެވެ.

ފޮރިން މިނިސްޓަރަށް ޢައްޔަނުކުރައްވާފައި ވަނީ މޫސާ ޒަމީރެވެ.

އައު ސަރުކާރުގެ ދައުރު ފެށިފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.