ހދ. މަކުނުދޫގައި މިއަދު ހަވީރު ގޮވާފައި ވަނީ ގޭސް ސިލިންޑަރެއް ކަމަށާއި، މިހާދިސާގައި ނިޔާވެފައި ވަނީ ދެ ބިދޭސީން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު އެ ރަށު ބަނދަރު ސަރައްދުގައެވެ.

Ad
rt

މައުލޫމާތު ލިބޭގޮތުގައި ނިޔާވީ މަކުނުދޫ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތަށް އެރަށަށް ގޮސް އުޅުނު ބަޔެކެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ގޭސް ސިލިންޑަރ ގޮވުމާއެކު އެ ދެ މީހުން ވަނީ ވިއްސައިގެން ގޮސްފައެވެ. އެތަނުން އެކަކު އޮތީ 100 ވަރަކަށް ފޫޓު ދުރަށް ވިއްސައިގެން ގޮސްފައި ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުން ވިދާޅުވިގޮތުގައި އެ ގޭސް ސިލިންޑަރަކީ މަކުނުދޫ މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެކެވެ.