ހދ. ދިއްދޫގައި ބަންގި އަދި ޤުރްއާން ވަރކްޝޮޕެއް ބާއްވައިފިއެވެ.
މިއީ އެރަށު ޖަމިއްޔާއެއް ކަމަށްވާ، ދިއްދޫ އެކުވެރިކަމިގެ ޗޭނުގެ ފަރާތުން އިންތިޒާމުކޮށް، އެކަޑަމީ އޮފް ތަޢައްލަމް އަލް ޤުރްއާން އާއި އަޖުރު އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ވަރކްޝޮޕާއި ގުޅޭގޮތުން 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ދިއްދޫ އެކުވެރިކަމުގެ ޗޭނުގެ ނައިބު ރައީސް އަބްދުﷲ ޝަފީގު ވިދާޅުވީ މިއީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އަދި ސްކޫލު ކުދިންނާ އާންމުންނާއެކު ޖުމްލަ 130 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމުގައި ބައިވެރިކޮށްފައިވަނީ ގްރޭޑް 3 ން ފެށިގެން 9 ގެ ދަރިވަރުންނަށާއި އެ ޖަމިއްޔާގެ ޤުރްއާން ކުލާހުގައި ކިޔަވަމުންދާ ބޮޑެތި މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޝަފީގު ވިދާޅުވީ މި ޕްރޮގްރާމުގައި ތަޖުވީދުމަގަށް ޤްރުއާން ކިޔެވުމަށާއި ރާގުގައި ބަންގި ގޮވުމަށް ދަސްކޮށްދެވިފައިވާނެ ކަމަށެވެ.
މިއީ އެކަޑަމީ އޮފް ތަޢައްލަމް އަލް ޤުރްއާން އާއި އަޖުރު އެކަޑަމީން ހިލޭ ކޮށްދެއްވި ކަމެއްކަމުގައި ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ދެ އެކަޑަމީގެ މުދައްރިބުން އެރަށުގައި ތިބުމުގެ ހުރިހައި ހަރަދެއް ހަމަޖައްސައިދީފައިވަނީ ޖަމިއްޔާގެ ޤުރްއާން ކުލާހުގެ ބެލެނިވެރިން ކަމަށާއި އެކަމަށްޓަކައި ބެލެނިވެރިންނަށް ޝުކުރު އަދާކުރައްވާފައިވާއިރު، ހއ. އަތޮޅު ކައުންސިލުގެ ވަރަށްބޮޑު އެއްބާރުލުމެއް މިކަމުގައި ލިބިފައިވާކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.
އޭނާ ވިދާޅުވީ މިފަދަ ދެވަނަ ޕްރޮގްރާމެއް އަވަސް މުސްތަގުބަލެއްގައި ބާއްވަން ގަސްދުކުރާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!