ރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން އެކުވެރި ދައުލަތް (އދ) ގެ އެހީތެރިކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރެސިޑެންޓް ކޯޑިނޭޓަރު ކެތަރީން ހަސްވެލް، އިންތިހާބީ ރައީސް އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ަތީފުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި މުއައްސަސާތައް ވަރުގަދަކުރުމާއި ޑިމޮކްރެސީ ހަރުދަނާކުރުމުގައި އދ އިން ދެމުންގެންދާ ފަންނީ އެހީތެރިކަން މުއިއްޒު ވަނީ ފާހަގަ ކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.
ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކެތަރީން ވަނީ ދެއްވާފައެވެ.
އެގޮތުން އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ޕްލޭނާއި، އިންތިހާބީ ރައީސްގެ މެނިފެސްޓޯގައި ވައުދުވެ ވަޑައިގެންފައިވާ ގައުމީ ތަރައްގީގެ ޕްލޭންތަކަށް ފުރިހަމަ އެހީތެރިކަން ދެއްވާނެކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމަށް ވެވަޑައިގެންފައިވާ ވައުދުތަކަށް ވަނީ ތައުރީފް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!