އިންތިގާލީ ކޮމިޓީގެ، ތަރުޖަމާންގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް އައްޔަނު ކޮށްފިއެވެ.

ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށްގެންދާ ކޮމެޓީގެ މި މަގާމަށް އޭނާ އައްޔަން ކޮށްފައިވަނީ ރޭގައެވެ.

Ad
rt

ފިރުޒުލް އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ލިޔުންތެރިއެކެވެ. ފިރުޒުލް ކުރިން ހުންނެވީ ކުރީގެ އިސްލާމިކް މިނިސްޓަރު، އަދި ކުރީގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ.

އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް ސިވިލް ސާވިސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމްއެވެ. އެ މަގާމަށް އަދުރޭ ހަމަޖެއްސުމާއެކު ޓްރާންޒިޝަން ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.

މިއަހަރު ބޭއްވި ރާއްޖޭގެ ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވުމާއެކު، މިހާރުގެ ރައީސް ސާލިހު ވިދާޅުވެފައިވަނީ "ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު" ގައިވާ ގޮތުގެ މަތިން ކުރަންޖެހޭ ހުރިހާ ކަމެއް ވީހާ ވެސް އަވަހަކަށް ކުރައްވާނެ ކަމަށެވެ.

އެގޮތުން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހާއްސަ ކޮމިޓީއެއް އުފައްދަވާފައިވާއިރު، އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކެޓްރީ ހުސައިން އާމިރު ވަނީ ހަމަޖެއްސަވާފައެވެ. އަދި އެކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ.