ރާއްޖެ ދޫކޮށް ދާން ޖެހޭ އެއްވެސް ސަަބަބެއް ނެތް ކަމަށާއި ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ދިރުއުޅުއްވާނީ އުފަން ރަށުގައާއި މާލޭގައި ކަމަށެވެ.

Ad
rt

އެހެންނަމަވެސް ރާއްޖެއިން ބޭރަށް މީހުން ދަތުުރުކުރާ ފަދައިން ބައެއް ފަހަރު ރާއްޖެއިން ބޭރަށް ދަތުރެއް ކޮށްލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިންތިހާބަށްފަހު އެމަނިކުފާނު ރާއްޖެ ދޫކުރައްވާ ފުރައިގެން ގޮސްދާނެކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ ސާލިހު ވިދާޅުވީ އެއީ ކުރައްވާނެ ކަމެއް ނޫން ކަމަށާއި ފިލައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެން ޖެހޭވަރުގެ ކަމެއްވެސް ކުރައްވާފައިނުވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ހެވާއި ލާބަޔަށް ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް އައު ސަރުކާރާއި އެކު މަޝްވަރާކުރައްވާނެ ކަމަށެވެ.

އެގޮތުން ހެޔޮ ވެރިކަމެއް ކޮށްދިނުމަށާއި ގައުމުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަކީ މި ސަރުކާރުގެ ފަރާތުން އެދޭ އެދުމެއް ކަމުގައި އައު ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށް ވެސް ސާލިހު ވިދާޅުވިއެވެ.