ހއ އަތޮޅާއި ހދ އަތޮޅުގެ މަޖިލިސް މެންބަރުންގެ ޝުކުރާއި ތަޢުރީފް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށާއި ޓުރިޒަމް މިނިސްޓަރ އަލީ ވަހީދުއަށް ދަންނަވައިފިއެވެ.
ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމައި ރޭ ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި ”ބުރެބި“ ހަފްލާގައި މިރަށްތައް އިޢުލާން ކުރެއްވުމާއި ގުޅިގެން ބަޔެއް މެންބަރުން ވަނީ މިކަމާއި ގުޅިގެން ޝުޢޫރު ފާޅުކޮށްފައެވެ.
އެގޮތުން މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އިންޝާ ﷲ ހދ އަތޮޅުން ރިސޯޓް އިޢުލާން ކުރެވިގެން ދާނެކަމަށާއި ޓުރިޒަމް އޮތް ހދ އަކަށް ވާނެކަމަށެވެ.
ކެލާ ދާއިރާގެ މެންބަރ އިބްރާހިމް ޝަރީފް ބުނެފައިވަނީ ކެލާ ދާއިރާގެ މުސްތަގުބަލްއަށް އުފާވެރި ހަބަރުތަކެއް ލިބިގެން ދާނެރެޔެއް ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
ޝުކުރިއްޔާ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަދި އަލީ ވަހީދު. ކެލާ ތުނޑި އަދި ދައްޕަރު ޓޫރިޒަމް ބީލަމަށް ހުޅުވާލަ ދެއްވީތީ
ކެލާ ދާއިރާގެ މެންބަރ އިބްރާހިމް ޝަރީފް މިރަސްމިއްޔާތަށްފަހ ބުނެފައިވެއެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ބުނެފައިވަނީ ސަރުކާރުން ހޯރަފުށީ އެއަރ ޕޯޓާއި ކައިރިން މާފިނޮޅާއި މެދުފުށި އަދި އުލިގަމު ސިޓީހޮޓާ އަލުން ފެށުމަކީ ލޯކަލް އެކޮނޮމީ ބޫސްޓުވެގެން ދާނެކަމެއް ކަމަށާއި 100 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެން ދާނެކަމަށެވެ.
Government’s announcement to develop resorts near #HoarafushiAirport at Maafinolhu, Medhafushi & re-start of UliganCityHotel project will boost local economy, create hundreds of jobs & fulfil aspirations of people for a better life. Thank you Pres @ibusolih Minister @ali20waheed pic.twitter.com/9cPkBDog5p
— Ahmed Saleem (@SalleHoarafushi) December 17, 2019
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރ ޔާސިރު އަބްދުލް ލަތީފް ބުނެފައިވަނީ
ފަތުރުވެރިކަމުގެ ސިނާއަތުގައި ހދ ގެ އެތަކެއް ދަރިންނެއް މަސައްކަތްކުރަމުންދާއިރު، ދިވެހިރާއްޖޭގެ މިރަންބިސް އަޅާ ކުކުޅުގެ މަންފާއަށް އުންމީދު ކުރާތާ މިކުކުޅަށް ވީހާދުވަހެއް ވެއްޖެ. މައިންބަފައިން، އަނބިދަރިންނާ ވީހާވެސްކައިރީގައި މަސައްކަތް ކުރުމުގެ އުންމީދުގައި ތިބެ އުމުރު ހުސްވެއްޖެ. މިރެއަކީ އަޅުގަނޑުމެންގެ ހިތްތަކަށް ކުޑަނަމަވެސް ތަސައްލީއެއް ލިބިގެންދިޔަރެޔެއް. ހދ އަތޮޅުގެ ތިން ރަށެއް ވަން އައިލެން ރިސޯޓް ކޮންސެޕްޓް ގެ ދަށުން ތަރައްޤީ ކުރުމަށް އިޢުލާން ކުރެވިއްޖެ، ނޮޅިވަރަމްފަރުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ އުންމީދު އާވެއްޖެ، ރީތި ނަަލަ ނާގޯށީގެ މަސައްކަތް އަންނަ އަހަރު ފެށިގެން ދާނެކަމުގެ އުންމީދު ލިބިއްޖެ.
އަޅުގަނޑުމެންގެ މިހުވަފެންތަކުގައި ކުލަޖައްސަަވައި ދެއްވުމަށް މިނިސްޓަރ އަލީ ވަހީދާއި މިނިސްޓްރީގެ ހީވާގި ޓީމުން ކުރައްވާ ބުރަމަސައްކަތަށް ޝުކުރުދަންނަވާ ކަމަށާއި އުންމީދަކީ މާޒީތަކުރާރުނުވެ 2023 ގެ ކުރިން މިރަށްތައް ހުޅުވިގެން ދިއުންކަމަށާއި އަދި ހދ ގައި މިހާރު އޮޕަރޭޓް ކުރެވޭ ހޮނޑާފުށި ވަޒަންކުރެވި، އަތޮޅުގެ ރައްޔިތުންނަށް އެރަށުގެ ފައިދާ ލިބިގެން ދިއުންކަމަށެވެ.
ހއ އަތޮޅުގެ ރައްޔިތުންނަށް އިޤްތިޞާދީ މަންފާ ލިބޭގޮތައް އަތޮޅު މި5 އަހަރު ތަރައްޤީ ވެގެން ދާނެ އިންޝާ ﷲ ޝުކުރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް މިނިސްޓަރ އަލި ވަހީދު
ދިއްދޫ ދާއިރާގެ މެންބަރ އަބްދުﷲ ވަހީދު ބުނެފައިވެއެވެ.
މިއީ މިވަގުތާއި ހަމައަށް މީސްމީޑިޔާ މެދުވެރިކޮން ޝުކުރާއި ތަޢުރީފް ކުރައްވާފައިވާ މެންބަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!