ހދ. މަކުނުދޫ އަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ދިވެހި ފުުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް ކަމަށެވެ. އަދި އޭނާ އަކީ އުމުރުން 28 އަހަރުގެ ޒުވާނެއް ކަމަށެވެ.

Ad
rt

މީގެ އިތުރުން ނާތިފްގެ ޚަބަރެއް އާއިލާއަށް ނުވެ، ގެއްލިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައިވަނީ ސެޕްޓެމްބަރ 17 ވަނަ ދުވަހު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ.

މިފަހަަކަށް އައިސް މީހުން ގެއްލިގެން ހޯދަން އިއުލާންކުރާ މިންވަރު އަނެއްކާ ވެސް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.