އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބުގައި ވަމުންދާ ވައުދުތަކަކީ ބަނގުރޫޓްވެފައި އޮތް ގައުމެއްގައި ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ރާއްޖެ ބަނގުރޫޓުވެފައި އޮތްކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ އެކަމަށް އިޝާތާރްކޮށް ރައީސް ފާޑު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދީ، ފްލެޓުތަކުގެ ކުލި ކުޑަކުރަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ އެވެ.
"އެއް ފަރާތުން މި ބުނަނީ ބަނގުރޫޓުވެފައޭ، އަނެއް ފަރާތުން އެކިއެކި މުވައްސަސާތަކުގެ މުސާރަ ދެގުނަ ކުރާ ވާހަކަ، އަނެއް ފަރާތަކުން އެ ބުނަނީ ކުއްޔަށް ދީފައި ހުރި ތަންތަނުގެ ކުލި އެކީ ކަނޑާލާ ވާހަކަ، މިއީ ކުރެވޭނެ ކަމެއްތޯ" އެމްޑީޕީގެ ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް އިދިކޮޅު ބުނާއިރު، އެކި މުއައްސަސާތަކުގެ މުސާރަ ދެ ގުނަކުރުން އެއީ ކުރެވޭނެ ކަމެއްތޯ ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ވައުދުތަކަކީ އެއްވެސް ޕްލޭނެއް ނެތި ދައްކަވަމުން ގެންދަވާ ވާހަކަތަކެއް ކަމަށާއި އޭގެ މަގްސަދަކީ ރައްޔިތުންނަށް އޮޅުވާލައިގެން އަނެއްކާވެސް އިންތިހާބު ކާމިޔާބުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއް ފަރާތުން މި ބުނަނީ ބަނގުރޫޓުވެފައޭ. އަނެއް ފަރާތުން އެކިއެކި މުވައްސަސާތަކުގެ މުސާރަ ދެގުނަ ކުރާ ވާހަކަ. އަނެއް ފަރާތަކުން އެ ބުނަނީ ކުއްޔަށް ދީފައި ހުރި ތަންތަނުގެ ކުލި އެކީ ކަނޑާލާ ވާހަކަ. މިއީ ކުރެވޭނެ ކަމެއްތޯ." ރައީސް ސުވާލު އުފެއްދެވި އެވެ. އަދި އަލުން އަނބުރާ އަނިޔާވެރިކަމާއި ބިރުވެރިކަން ރާއްޖޭގައި ފެތުރުމަށް ޖާގަ ނުދެއްވުމަށް ރައީސް ސޯލިހް ސަޕޯޓަރުންގެ ކޮބައިން އެދިވަޑައިގަތެވެ.
މިމަހުގެ 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކާމިޔާބު ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު 101,494 ވޯޓު ހޯއްދެވިއިރު ރައީސަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!