ހުޅުމާލޭ މަގެއްގެ މަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭ އުނިގަސް މަގުގައި މީހަކު ވެއްޓިފައި އޮތް ކަމަށް މިއަދު ހެނދުނު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad
rt

މި ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ ހެނދުނު 8:02 ގައެވެ.

''އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ'' ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެމީހާ އަކީ ސިންގަޕޫރަށް ނިސްބަތްވާ 68 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ އަކީ ޖޮގިން އަށް ނުކުމެ އުޅުނު މީހެއްކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭކަންކަން ގެންދަވަނީ ބައްލަވަމުންނެވެ.