އެއްވެސް ގައުމެެއްގެ ސިފައިން މިލިޓަރީ ކަމެއްގައި ރާއްޖޭގައި ނުތިބޭނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ
އެމަނިކުފާނު މިހެން ވިދާޅުވީ ސަންގު ޓީވީ އިން މިހާރު ކުރިއަށް ގެންދާ ރިޔާސީ ބަހުސްގައެވެ.
މި ބަހުސްގައި ރައީސް ވިދާޅުވީ އެކިދުވަސްވަރު އެކި ގައުމުތަކުގެ ސިފައިން ރާއްޖެއަށް އަންނަނީ ތަފާތު އެކި އެކްސަސައިޒުތަކުގައި ކަމަށެވެ.
އެގޮތުން އިންޑިއާ، އެމެރިކާ އަދި ޗައިނާގެ ސިފައިން ވެސް ރާއްޖެ އައިސް، އެކްސަސައިޒުތައް ހިންގާ ކަމަށް ސާލިހު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ މީގެކުރިން ވެސް އަދި މިހާރުވެސް ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މިލިޓަރީ ކަމެއްގައި ނުތިބޭނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!