ރާ ބޯ މީހުން ހައްޔަރު ކުރަން ހަރަދުވާ ވަރު ސާފު ކުރަން ރައްޔިތުންގެ މަޖުލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސުވާލު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިގޮތަށް ސުވާލު ކޮށްފައިވަނީ މިހާރު ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި އޮތް ޕެނަލް ޑިސްކަޝަންއެއްގައި ޕެނަލިސްޓުންނާއި ސުވާލު ކުރައްވަމުންނެވެ.

Ad
rt

މި ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ ދިފާއީ ވަޒީރު މާރިޔާދީދީއާއި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި އަދި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އެވެ.

ރައީސް ނަޝީދު ޕެނަލިސްޓުންނާއި މިއަދު ކުރެއްވި މައިގަނޑު ސުވާލުތައް

1. ރާބޯ މީހުން ހައްޔަރު ކުރަން ހަރަދުވަނީ ކިހާފައިސާއެއްތޯ؟

2. މުނިފޫހިފިލުވުމާއި މިއުޒިކު ކުރި އެރުވުމަށް ހުރީ ކޮން ޕްރޮގްރާމްތަކެއްތޯ؟

3. ރާއްޖޭގައި ހަރަކާތްތެރިވާ ޓެރަރިސްޓު ސެލްތައް ދެނެގަންނަނީ ކިހިނެއްތޯ؟

4. ހަރުކަށު ފިކުރުތަކުގެ 1400 މީހުން ތިބިކަމަށް ފުލުހުން ބުނެފައިވާއިރު އެ މީހުން ހައްޔަރުކޮށްފައި ނުވަނީ ކީއްވެތޯ؟

5. ފުލުހުންގެ ތެރޭގައިވެސް ހަރުކަށި ފިކުރުގެ މީހުން ތިބޭ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު ނާޅަނީ ކީއްވެތޯ؟

6. ސްކޫލުތަކުގެ ސިލަބަސް ބަދަލު ކުރަނީ ކޮންއިރަކުތޯ؟

7. ހަރުކަށި ފިކުރު ފަތުރާ ސްކޫލުތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަނީ ކޮންއިރަކުތޯ؟

8. ސައުދީ އަރަބިއްޔާފަދަ ހަރުކަށި ފިކުރު ފަތުރާ ޤައުމުތަކަށް ކުދިން ކިޔަވަން ދާއިރު އެ ޤައުމުތަކުގެ ޔުނިވަސިޓީތަކުގެ ސިލަބަސް އެނގިވަޑައިގަންނަވާތޯ ؟

ރައީސް ނަޝީދު ކުރެއްވި ގިނަ ސުވާލުތަކަށް ޕެނަލިސްޓުން ސީދާ ޖަވާބެއް ނުދެއްވައެވެ.