ފުވައްމުލައް ސިޓީ ގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސް ކާމިޔާބުކޮށްފިއެވެ.
މިއީ މި އަހަރުގެ އުރީދޫ މަސްރޭހުގެ އެންމެ ފަހު މުބާރާތެވެ.ބފުވައްމުލައް ބަނދަރުގައި ބޭއްވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ފުވައްމުލަކުގައި ކުރިއަށްދިޔަ އުރީދޫ މަސްރޭސް 2023 ގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސް އިން ހޯދީ ޖުމްލަ 1326.45 ޕޮއިންޓާ އެކުގައެވެ. އެ ޓީމަށް، ފައިސާގެ އިނާމެއްގެ ގޮތުގައި 25،000 ރުފިޔާ ވަނީ ލިބިފައެވެ.
ފޯރިގަދަކަމާ އެކު ކުރިއަށް ދިޔަ މި މުބާރާތުގެ ރަނަރަޕްކަން ހޯދައިފައިވަނީ ޖުމްލަ 335 ޕޮއިންޓާއެކު ޓީމް ނަގާއި ހާލީ އިންނެވެ. އަދި މުބާރާތުގެ 3 ވަނަ ހޯދައިފާވަނި ޖުމްލަ 175.8 ޕޮއިންޓާއެކު މޭރި ބޮލް ޓީމުންނެވެ.
ފުވައްމުލައް ސިޓީގައި ބޭއްވުނު މަސްރޭހުން އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 8.05 ކިލޯ ގެ ރޫބީ އެކެވެ. މި މަސް ބޭނީ ޗެމްޕއިންކަން ހޯދި ރީފް ރައިޑާސް ޓީމުން އަބްދުﷲއިބްރާހިމްއެވެ. އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނަރު ސީގިއާ ގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.
އެންމެ ބަރު މަހުގެ އިތުރުން އަބްދުﷲއިބްރާހިމް ވަނީ ޖުމްލަ 17 މަސް ބާނާ ފުވައްމުލައް ސިޓީ ގައި ބޭއްވުނު އުރީދޫ މާސްރޭހުގެ އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމު ވެސް ކާމިޔާބުކޮށްފައެވެ. އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ މޭރި ބޮލް ޓީމުން ސަފާ އަދްނާނުއެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!