މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރ ފްރެޑް ތުރުކީގެ ފެނަބާޗޭއަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސް ވެއްޖެއެވެ.
އުމުރުން 30 އަހަރުގެ ފްރެޑް ގަތުމަށް ފެނަބާޗޭން ހުށަހަޅާފައިވަނީ 15 މިލިއަން ޔޫރޯއެވެ. ޔުނައިޓެޑްގެ ކޯޗް ޓެން ހާގްގެ ޕްލޭންގައި ފްރެޑް ނުހިމެނޭތީ އޭނާ އެ އަގުގައި ވިއްކާލަން މިހާރު ޔުނައިޓެޑުން ވަނީ އެއްބަސްވެފައެވެ.
މިހާރު ކުރިއަށްމިދާ ޓްރާންސްފާ މާކެޓްގައި ފްރެޑް ގަތުމަށް ފެނަބާޗޭގެ އިތުރުން ތުރުކީ ލީގުގެ ގަލަސަތަރާއީއާއި ޕްރިމިއާ ލީގުގެ ފުލަމްއިން ވެސް ވަނީ މަސައްކަތް ކޮށްފައެވެ.
ފްރެޑް ޔުނައިޓެޑާއި ގުޅިފައިވަނީ 2018 ވަނަ އަހަރު ޔުކްރެއިންގެ ޝަޚްތަރ ޑޮނެސްކުންނެވެ. އޭނާ ވަނީ ޔުނައިޓެޑަށް 139 މެޗު ކުޅެ، އަށް ލަނޑުޖަހައި ހަތް ލަނޑު ޖަހަން އެސިސްޓް ކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!