ކުޅުދުއްފުށިން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ފާޅު ބޯޓުގައި ހުރި ކުޅުދުއްފުށީ މީހަކަށް، ސްޓްރޯކެއް ޖެހުމުގެ ސަބަބުން، ނ.ހޮޅުދޫ އަށް ބާލައި، އެރަށު ޞިއްހީ މަރުކަޒުގައި ފަރުވާދެމުން އެބަދެއެވެ.
ސްޓްރޯކެއް ޖެހިގެން، ހޮޅުދޫ ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުން ދަނީ، 55 އަހަރުގެ ހދ.ކުޅުދުއްފުށި، ރީގަލް، ޔޫސުފް މޫސާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
މިކަމާއި ގުޅިގެން ފާޅު ބޯޓުގައި ހުރިމީހަކު "ތިލަދުން" އަށް މަޢުލޫމާތު ދެމުންބުނީ ސްޓްރޯކް ޖެހިފައިވަނީ އެދޯނީގައި މަސައްކަތްކުރާ މީހެއް ކަމަށާއި އެމީހާ މިހާރު ހޮޅުދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިރޭ ގާތްގަނޑަކަށް 8 ޖަހާއިރު ހޮޅުދޫއަށް ބާލާ އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުން ދާކަމަށެވެ.
މިވަގުތު ހޮޅުދޫގައި ޔޫސުފްއަށް އެހީތެރިވުމުގެ ގޮތުން ފާޅޫ ބޯޓުގެ ފަރާތުން ހުރިމީހާ ބުނީ ޔޫސުފްގެ ހާލު އަދިވެސް ރަނގަޅު ނުވާކަމަށާއި މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އޭނާ ބުނީ ސީއެންބިއުލާންސަގައި މާލެއަށް ފުރުމުގެ ވަރުވާނީ މިރޭ 11:30 އެހާއިރު ކަމަށް މަރުކަޒުން މަޢޫލޫމާތު ދޭކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!